islamkingdomfaceBook


ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ!

ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.

އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.

އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.

ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ.

اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ.

އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ حضرة އަށް ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން توبة قبول ކުރައްވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.

أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.

އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.

ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.

އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.

ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.