islamkingdomfaceBook


އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި جهاد ކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ عدوّ ންނަށް رحمة ތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ.

إبراهيم ގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ دين އަށް ތިމަންމެން إنكار ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ. إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން، ތިބާއަށް ފާފަފުއްސެވުންއެދި ތިމަންކަލޭގެފާނު دعاء ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) اللَّه ގެ حضرة ން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ.

އެއުރެން ތިޔަބައިމީހުންގެ މައްޗަށް ގަދަވެއްޖެނަމަ، އެއުރެންވާހުށީ ތިޔަބައިމީހުންނަށްހުރި عدوّ ން ކަމުގައެވެ. އަދި އެއުރެންގެ އަތްތަކާއި، ދޫތައް ނުބައިގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފަތުރައިލާނެތެވެ. އަދި ތިޔަބައިމީހުން كافر ވާނެ ނަމައޭ ހިތައި، އެއުރެން އެކަމަށް އެދޭނެތެވެ.

ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުންގެ ދަރިން، قيامة ދުވަހުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކޮށްދޭނެތެވެ. ތިޔަބައިމީހުންގެ މެދުގައި އެކަލާނގެ (އެދުވަހުން) ނިޔާކުރައްވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.

އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.