islamkingdomfaceBook


ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ.

ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.

طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.

(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.

ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟

އަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.

ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.

އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.

އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.

އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.

ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.

ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ.

އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!

ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.

އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!

ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.

އަދި ނަރަކަޔަށް ވެއްދެވުމެކެވެ.

ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.

ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!

އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، اللَّه އަށް تسبيح ކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.

އުޑުތަކާއި، ބިމުގެ ވެރިކަން ملك ވެގެންވަނީ، އެކަލާނގެއަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

އެކަލާނގެއީ، (ފެށުމެއްނެތި) އިސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ނިމުމެއްނެތި) ފަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (ހެކިތަކުން) ފާޅުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި (حسّ ތަކަށް) ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.