islamkingdomfaceBook


قريش ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ.

ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ.

ފަހެ، މި ގެފުޅުގެ ވެރިރަސްކަލާނގެއަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ!

އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ.

(قيامة ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟

ފަހެ، އެއީ يتيم ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.

އަދި مسكين ންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.

އަދި مسكين ންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.

ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.

އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.

އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ.

ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!

ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.